ރޫޙާނީ ބަލިތަކުގެތެރެއިން ޖިންނި އަވަލުން ނުވަތަ މައްސަށް ފަރުވާކުރުމުގައި ތިރީގައި މިބަޔާންކުރާ ރުޤްޔާ ބަލިމީހާގެ ހާޟިރުގައި ނުވަތަ ބަލިމީހާ އަމިއްލަނަފުސަށް މިފަދަ ބަލިތަކުން  ސަލާމަތްކުރައްވާ ރައްކާތެރިކޮށްދެއްވުމުގެ ނިޔަތުގައި ކިޔަވާށެވެ. މީގެ އިތުރުން ތިރީގައި ބަޔާންކުރެވިފައިވާ ފަދައިން ފަރުވާގެ އަމަލުތައް ކުރިއަށް ގެންދާށެވެ. الله ތަޢާލާގެ ހެޔޮ ރަޙްމަތާއެކު ޝިފާލިބި ބަލިމީހާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކާއި އުނދަގޫތައް އެއްކޮށްކެނޑި ލުއިލިބެންދެން ފަރުވާ ކުރިއަށް ގެންދާށެވެ.

(اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْللِي، وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي، وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِينِي، وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي)

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (2) الرَّحْمَنِ الرَّحِيمِ (3) مَالِكِ يَوْمِ الدِّينِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (5) اهْدِنَا الصِّرَاطَ الْمُسْتَقِيمَ (6) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (7) سورة الفاتحة

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ ( الم (1) ذَلِكَ الْكِتَابُ لَا رَيْبَ فِيهِ هُدًى لِلْمُتَّقِينَ (2) الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ (3) وَالَّذِينَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ (4) أُولَئِكَ عَلَى هُدًى مِنْ رَبِّهِمْ وَأُولَئِكَ هُمُ الْمُفْلِحُونَ ) (5) سورة البقرة

اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ (255) سورة البقرة

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا (41) وَسَبِّحُوهُ بُكْرَةً وَأَصِيلًا (42) سورة الأحزاب

رَبَّنَا لَا تَجْعَلْنَا فِتْنَةً لِلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا إِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ (5) سورة الممتحنة

وَمِنَ النّاسِ مَن يَتّخِذُ مِن دُونِ اللّهِ أَندَاداً يُحِبّونَهُمْ كَحُبّ اللّهِ وَالّذِينَ آمَنُواْ أَشَدّ حُبّاً للّهِ وَلَوْ يَرَى الّذِينَ ظَلَمُوَاْ إِذْ يَرَوْنَ الْعَذَابَ أَنّ الْقُوّةَ للّهِ جَمِيعاً وَأَنّ اللّهَ شَدِيدُ الْعَذَابِ (165) سورة البقرة

وَاللّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ الّذِينَ يَتّبِعُونَ الشّهَوَاتِ أَن تَمِيلُواْ مَيْلاً عَظِيماً (27) يُرِيدُ اللّهُ أَن يُخَفّفَ عَنْكُمْ وَخُلِقَ الإِنسَانُ ضَعِيفاً (28) سورة النساء

وَأَصْبَحَ فُؤَادُ أُمّ مُوسَىَ فَارِغاً إِن كَادَتْ لَتُبْدِي بِهِ لَوْلآ أَن رّبَطْنَا عَلَىَ قَلْبِهَا لِتَكُونَ مِنَ الْمُؤْمِنِينَ(10) سورة القصص

وَرَاوَدَتْهُ الّتِي هُوَ فِي بَيْتِهَا عَن نّفْسِهِ وَغَلّقَتِ الأبْوَابَ وَقَالَتْ هَيْتَ لَكَ قَالَ مَعَاذَ اللّهِ إِنّهُ رَبّيَ أَحْسَنَ مَثْوَايَ إِنّهُ لاَ يُفْلِحُ الظّالِمُون (23) وَلَقَدْ هَمّتْ بِهِ وَهَمّ بِهَا لَوْلآ أَن رّأَى بُرْهَانَ رَبّهِ كَذَلِكَ لِنَصْرِفَ عَنْهُ السّوَءَ وَالْفَحْشَآءَ إِنّهُ مِنْ عِبَادِنَا الْمُخْلَصِين (24) سورة يوسف

قَالَ رَبّ السّجْنُ أَحَبّ إِلَيّ مِمّا يَدْعُونَنِيَ إِلَيْهِ وَإِلاّ تَصْرِفْ عَنّي كَيْدَهُنّ أَصْبُ إِلَيْهِنّ وَأَكُن مّنَ الْجَاهِلِينَ (33) فَاسْتَجَابَ لَهُ رَبّهُ فَصَرَفَ عَنْهُ كَيْدَهُنّ إِنّهُ هُوَ السّمِيعُ الْعَلِيمُ (34) سورة يوسف

وَقَالَ نِسْوَةٌ فِي الْمَدِينَةِ امْرَأَةُ الْعَزِيزِ تُرَاوِدُ فَتَاهَا عَنْ نَفْسِهِ قَدْ شَغَفَهَا حُبًّا إِنَّا لَنَرَاهَا فِي ضَلَالٍ مُبِين (30) سورة يوسف

وَلُوطاً إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ وَأَنتُمْ تُبْصِرُونَ (54) أَإِنّكُمْ لَتَأْتُونَ الرّجَالَ شَهْوَةً مّن دُونِ النّسَآءِ بَلْ أَنتُمْ قَوْمٌ تَجْهَلُونَ (55) سورة النمل

سُورَةٌ أَنزَلْنَاهَا وَفَرَضْنَاهَا وَأَنزَلْنَا فِيهَآ آيَاتٍ بَيّنَاتٍ لّعَلّكُمْ تَذَكّرُونَ (1) الزّانِيَةُ وَالزّانِي فَاجْلِدُواْ كُلّ وَاحِدٍ مّنْهُمَا مِئَةَ جَلْدَةٍ وَلاَ تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللّهِ إِن كُنتُمْ تُؤْمِنُونَ بِاللّهِ وَالْيَوْم الاَخِرِ وَلْيَشْهَدْ عَذَابَهُمَا طَآئِفَةٌ مّنَ الْمُؤْمِنِينَ (2) الزّانِي لاَ يَنكِحُ إِلاّ زَانِيَةً أَوْ مُشْرِكَةً وَالزّانِيَةُ لاَ يَنكِحُهَآ إِلاّ زَانٍ أَوْ مُشْرِكٌ وَحُرّمَ ذَلِكَ عَلَى الْمُؤْمِنِينَ (3) سورة النور

وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَامًا (68) يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا (69) سورة الفرقان

إِنّ الّذِينَ يُحِبّونَ أَن تَشِيعَ الْفَاحِشَةُ فِي الّذِينَ آمَنُواْ لَهُمْ عَذَابٌ أَلِيمٌ فِي الدّنْيَا وَالاَخِرَةِ وَاللّهُ يَعْلَمُ وَأَنْتُمْ لاَ تَعْلَمُونَ (19) سورة النور

حُورٌ مّقْصُورَاتٌ فِي الْخِيَامِ (72) فَبِأَيّ آلآءِ رَبّكُمَا تُكَذّبَانِ (73) لَمْ يَطْمِثْهُنّ إِنسٌ قَبْلَهُمْ وَلاَ جَآنّ (74) سورة الرحمن

وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِم مّن قَبْلُ إِنّهُمْ كَانُواْ فِي شَكّ مّرِيبِ (54) سورة سبأ

(بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) قُلْ هُوَ اللَّهُ أَحَدٌ (1) اللَّهُ الصَّمَدُ (2) لَمْ يَلِدْ وَلَمْ يُولَدْ (3) وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ (4) سورة الإخلاص

(بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) قُلْ أَعُوذُ بِرَبِّ الْفَلَقِ (1) مِنْ شَرِّ مَا خَلَقَ (2) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ (3) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ (4) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ (5) سورة الفلق

(بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ) قُلْ أَعُوذُ بِرَبِّ النَّاسِ (1) مَلِكِ النَّاسِ (2) إِلَهِ النَّاسِ (3) مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ (4) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5) مِنَ الْجِنَّةِ وَالنَّاسِ (6) سورة الناس

ފަރުވާގެ ގޮތުގައި ކުރެވިދާނެބައެއް ކަންތައްތައް :
  1. ބަޔާންކުރެވިފައިވާ ރުޤްޔާ (ބަލިމީހާގެ ހާޟިރުގައި ނުވަތަ ބަލީމީހާ އަމިއްލަނަފުސަށް)  ޝިފާމިންވަރު ކޮށްދެއްވުމަށް الله ސުބުޙާނަހޫ ވަތަޢަލާގެ ހަޟްރަތުން އެދޭޙާލު އެނިޔަތުގައި ދުވާލަކު އެއްފަހަރު ނުވަތަ އެއަށްވުރެ ގިނަފަހަރު ނަމަވެސް ކިޔަވާށެވެ.
  2. ހަށިގަނޑު އެއްކޮށް ތެމޭހާ ފެނަށް (ވާރޭފެން ނުވަތަ ފެންވެރުމަށްޓަކައި ބޭނުންކުރާފެނަށް) މި ރުޤްޔާ ކިޔަވާށެވެ. އެއަށްފަހު ދުވާލަކު އެއްފަހަރު މުޅިހަށިގަނޑު މިފެނުން އެއްކޮށް ތެންމާލާށެވެ. ފެނުގެ ތެރެއަށް ހަތް ކުންނާރުފަތް ފުނޑާލާފައި އެޅުމަށްފަހު ބޭނުންކުރުމަކީ ފަރުވާކުރުމުގައި ފައިދާބޮޑު ގޮތެއްކަމުގައިވަނީ ފާހަގަ ކުރެވިފައެވެ.
  3. ހަމައެފަދައިން ޒައިތޫނިތެލަށް ނުވަތަ ކަޅުދިރިތެލަށް މިރުޤްޔާ ކިޔެވުމަށްފަހު ދުވާލަކު ދެއިރު (ހެނދުނާއި ރޭގަނޑު) މުޅިހަށިގަނޑުގައި މަސާޖުކުރާގޮތަށް އުނގުޅާށެވެ. ބޮލުގައި ތެޔޮ އުނގުޅާއިރު އިނގިލިތަކުގެ ކޮޅުގައި ރަނގަޅަށް ތެޔޮ ޖެއްސުމަށްފަހު ބޮލުގެ އިސްތަށިތަކުގެ ބުޑުގައި (ހަންގަޑުގައި) ރަނގަޅަށް ތެޔޮ ޖައްސާށެވެ. ހަށިގަނޑުގައި ތަދެއް ނުވަތަ އުނދަގުލެއް އިޙްސާސްވާ ތަނެއްހުރިނަމަ އެތަނެއްގައި ގިނައިން ތެޔޮ ހާކާށެވެ.
  4. ބުއިމަށްޓަކައި ބޭނުންކުރާ ބޯފެނަށް މިރުޤްޔާ ކިޔަވައިގެން މަދުވެގެން ދުވާލަކު ތިންއިރު އިރަކު އެއްތަށިފެން ބޯށެވެ.
  5. ފަރުވާކުރުމުގައި ބަލިމީހާގެ އެތެރެހަށްޓަށްދޭ އެއްޗެއްގެގޮތުގައި 500 ގްރާމް މާމުއި ފުޅިއަކަށް ތިން މޭޒުމަތީސަމުސާ މުގުރާފައިހުރި ކަޅުދިރި އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު މިއާޔަތްތައް ކިޔެވުމަށްފަހު ދުވާލަކު ދެއިރު (ހެނދުނު ހައިބަނޑާ އަދި ރޭގަނޑު ނިދުމުގެކުރިން) އެއް މޭޒުމަތީސަމުސާ މާމުއި ބޮމުން ގެންދާށެވެ.

މުގުރާފައިހުރި ކަޅުދިރި ނާޅާވެސް މާމުއި ބޭނުންކުރެވިދާނެއެވެ. ނަމަވެސް ކަޅުދިރިއަކީ އޭގައި الله ތަޢާލާ ޝިފާލައްވާފައިވާ އެއްޗަކަށްވުމުން މާމުޔާ އެއްކޮށްގެން ބޭނުންކުރުމުގައި ފައިދާ ބޮޑުވެގެންވާކަން ތަޖުރިބާކުރެވިފައި ވެއެވެ.

ނޯޓް:

މިދެންނެވިގޮތަށް ފަރުވާގެ ތަކެތި ތައްޔާރުކުރަން ކިޔަވާއިރު އަނގައިގެވައި އެއެއްޗަކަށް ދާގޮތަށް އަނގަޔާކައިރި ކޮށްގެން ކިޔަވާށެވެ. އަދި ކޮންމެ ބައެއްކިޔެވުމަށްފަހު ނުވަތަ އެއްކޮށް ކިޔަވާނިންމާލުމަށްފަހު އޭގެތެރެއަށް ފުމެލާށެވެ.

– މަތީގައިވާ ރުޤްޔާގެ އާޔަތްތައް ކިޔެވުމުގައި ވަކި ޢަދަދު ތަކަކަށް އާޔަތްތައް ކިޔެވުމަކީ ކޮންމެހެން ލާޒިމް ކަމެއްނޫނެވެ. ނަމަވެސް އޮނަހިރި ގިނަ ޢަދަދު ތަކަކަށް ކިޔެވުމަކީ އޭގައި މަންފާ އިތުރުވާ ކަމެއްކަމުގައިވަނީ ތަޖުރިބާ ކުރެވިފައެވެ. އެގޮތުގެމަތިން ކޮންމެ ބައެއްވެސް 3 ފަހަރު، 7 ފަހަރު ނުވަތަ 11 ފަހަރު ވެސް ކިޔެވިދާނެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އޮނަހިރި ޢަދަދު ތަކަށް ލޯބިކުރައްވަތެވެ.

error: Content is protected !!