އެސްފީނާއިން ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް
(1) އެސްފީނާއިން ރައްކާތެރި ވުމަށްޓަކައި ކިޔަވާ ރުޤްޔާއެއް (ޒަމްޒަމްފެން، ވާރެފެން، ނުވަތަ ބޯން ބޭނުންކުރާ ފެނަށް ) ކިޔަވާލުމަށްފަހު މަހަކު އެއްފަހަރު ޖައްސަޖައްސައިގެން 7 ދުވަހު ކުއްޖާއަށް ބޯންދޭށެވެ.
(2) އެސްފީނާއިން ރައްކާތެރި ވުމަށްޓަކައި ކިޔަވާ ރުޤްޔާއެއް ޒައިތޫނިތެލަށް ކިޔަވާލުމަށްފަހު ދުވާލަކު އެއްފަހަރު ކުއްޖާގެ ގައިގަ ލައްވާށެވެ.
(3) ކިޔެވޭވަރުގެ ކުއްޖެއްނަމަ އެކުއްޖާލައްވާ ހެނދުނާއި ހަވީރުގެ ޒިކުރުތައް ކޮންމެދުވަހަކުވެސް ކިޔުއްވާށެވެ.
(4) ކޮންމެދުވަހަކު ހެނދުނާއި، ހަވީރު ތިމާގެ ކަނާއަތުން ކުއްޖާގެ ބޮލުގައި ހިފަހައްޓާލުމަށްފަހު އަންނަނިވި ދުޢާތައް ކިޔަވާށެވެ.
(1) أُعِيذُكَ بِكَلِمَاتِ اللهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّة وَمِنْ كُلِّ عَينٍ لَامَّةِ (3 ފަހަރު)
(2) بِسْمِ اللهِ (3 ފަހަރު)
(3) أُعِيذُكَ بِعِزَّةِ اللهِ وَقُدْرَتِهِ مِنْ شَرِّ مَاتَجِدُ وَتُحَاذِرُ (7 ފަހަރު)
(4) بِسْمِ اللهِ الَّذِي لَايَضُرُّ مَعَ اسْمِهِ شَيْئٌ فِي الْأَرْضِ وَلَافِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيم (3 ފަހަރު)
(5) أُعِيذُكَ بِكَلِمَاتِ اللهِ التَّامَّةِ الَّتِي لَا يُجَاوِزْهُنَّ بِرٌّ وَلَا فَاجِرٌ مِنْ شَرِّ مَا خَلَق وَبَرَأَ وَذَرَأَ وَمِنْ شَرِّ مَا يَنْزِلُ مِنَ السَّمَاءِ وَمِنْ شَرِّ مَا يَعْرُجُ فِيهَا وَمِنْ شَرِّ مَا يَخْرُجُ مِنَ الْأَرْضِ وَمِنْ شَرِّ مَا يُكْمِنُ فِيهَا وَمِنْ شَرِّ فِتْنِ اللَّيْلِ وَالنَّهَارِ وَمِنْ شَرِّ كُلِّ طَارِقٍ إِلَّا طَارِقٍ يَطْرُقُ بِخَيْرٍ يَا رَحْمَان (1 ފަހަރު)
(6) أُحْصِنُكَ بِإِلهِكَ وَإِلَهِ كُلَّ شَيْءٍ ، وَاعْتَصِمُكَ بِرَبِّكَ وَرَبِّ كُلِّ شَيْءٍ وَأُوكِلُكَ عَلَى الْحَيِّ الَّذِي لَا يَمُوتُ ، وَاسْتَدْفَعُكَ الشَّرِّ بِلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ ، حَسْبُكَ اللهُ وَنِعْمَ الْوَكِيلِ ، حَسْبُكَ الرَّبُّ مِنَ الْعِبَادِ ، حَسْبُكَ الْخَالِقُ مِنَ الْمَخْلُوقِ ، حَسْبُكَ الرَّازِقُ مِنَ الْمَرْزُوقِ ، حَسْبٌكَ اللهُ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ ، حَسْبُكَ اللهُ وَكَفَى، سَمِعَ اللهُ لِمَنْ دَعَا ، وَلَيْسَ وَرَاءَ الله مَرْمى ، حَسْبُكَ اللهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْنَا وَهُوَ رَبُّ الْعَرْشِ الْعَظِيم (1 ފަހަރު)
(7) اللَّهُمَّ اكْفِيهِ شَرِّ الْعَائِنِينَ وَالْحَاسِدِينَ وَالنَّاظِرِينَ (1 ފަހަރު)
(8) اللَّهُمَّ إِنَّا نَجْعَلُكَ فِي نُحُورِهِمْ وَنَعُوذُ بِكَ مِنْ شُرُورِهِمْ (1 ފަހަރު)
(9) اللَّهُمَّ اكْفِيهِ بِمَا شِئْتَ وَكَيْفَ شِئْتَ يَاحَيُّ يَاقَيُّوم (1 ފަހަރު)
(10) اسْتَودَعْتُكَ اللهُ الَّذِي لَاتَضِيعُ وَدَائِعِهِ (1 ފަހަރު)
¤ އިންޝާ ﷲ މިދެންނެވި އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ކުޑަކުދިންނަކީ އެސްފީނާގެ ސަބަބުން ދިމާވެދާނެ އެންމެހާ ނުރައްކާތްކުން ސަލާމަތްވެ ފުރިހަމަ ސިއްޙަތެއްގައި ބޮޑުވެގްންދާނެ ކުދިންތަކެއް ކަމުގައި ވެގެންދާނެއެވެ. އަޅުގަނޑުމެންނަށްއޮތީ ސަބަބުތަކުގައި ހިފާ ސާބިތުވުމެވެ. އެންމެހާ ރައްކާތެރި ކަމެއްވަނީ ﷲ ގެ ހަޟްރަތުންނެވެ.