ސިޙްރުވެރިން ސިޙްރުހެދުމުގައި ޤަބުރުސްތާނު ބޭނުންކުރަނީ އެސިޙްރެއްގައި ރޫޙާނީބާރު ވަރުގަދަކޮށް ސިޙްރުން އިންސާނާ ސަލާމަތްވެ، ރައްކާތެރިވުމަށް އުދަގޫތަކާއި ތަކުލީފުތައް ކުރިމަތިކުރުމުގެ ބޭނުމުގައެވެ. މިފަދަ ބާރެއް ސިޙްރުގައި ލެއްވުމައްޓަކައި ޤަބުރުސްތާނުގެ އެކިއެކި ތަންތަނަށް ސިޙްރުގެ ޢަމަލުތައްކުރެއެވެ. އެގޮތުގެމަތިން މަހާނައިގައި، ނުވަތަ ޤަބުރުސްތާނުގައި އަދި ޤަބުރުގައި ނުވަތަ މައްޔިތާގެ ކަފުނުގައި ތަކެތި ވަޅުލާހަދައެވެ.

މިފަދަ ސިޙްރުތައް ވަޅުލުމުގައި ސިޙުރުވެރިޔާ ތަފާތުގޮތްތަކާއި ތަންތަން އިޚުތިޔާރުކުރެއެވެ. އަޅުގަޑުމެންގެ ވިސްނުމަށް ނަގައި ނުގަނެވޭހާ ނުރައްކާތެރި އަދި ނުބައިކަންބޮޑުވެގެންވީ ޢަމަލުތަކެއްކުރެއެވެ. އެގޮތުގެމަތިން ސިޙުރުހެދުމައްފަހު މަރުވެފައިވާ މައްޔިތާގެ ހަށިގަނޑުގެ ތެރެއައްލުމާއި، ބޮލުގެތެރޭއަށްލުމާއި، ފައިކޮޅަށްލުމައި، އަތުގެތެރެއަށްލާހަދައެވެ. އަދި ކަފުނުގެތެރެއައްލުމާއި މައްޔިތާ ސަންދޯކަށްލުމުގެ ތެރޭގައި އޭގެތެރެއަށްލުމާއި. ކޮނެފައިވާ ކައްވަޅަށްވެސް ލާހަދައެވެ. ހަމައެފަދައިން ޤަބުރުސްތާނުގައި ހުންނަ ގަސްގަހުގެ ބުޑުދަށުގައި ވަޅުލުމަށްފަހުވެސް މިފަދަ ސިޙުރުގެ ޢަމަލުތައްކުރެއެވެ.

މިފަދަ ސިޙުރުތައް ހެދުމުގެ ބޭނުމަކީ ސިޙުރު ރައްދުވާ ފަރާތުގެ ދިރިއުޅުން އެއްކޮށް ހަލާކުކޮށް އޭނާގެ ދިރިއުޅުމަކީ، އެއްވެސް ދިރުމެއްނުވާ މަރުވެފައިވާ ފޫހި ދިރިއުޅުމަކަށް ހަދާލުމެވެ.

ޒަވާޖީހަޔާތުން އިންސާނާ މަޙުރޫމުކުރުމާއެކު ކުރިމަގަށްޓަކައި ކޮށާ ކޮންމެ މަގެއް ބަންދުކޮށް މަރުވެފައިވާކަން އިޙުސާސްކުރުވުމެވެ. ތަޢުލީމާއި ރިޒުގު ހޯދުމުގެ އެންމެހާ މަގުތައް ބަންދުކޮށް ކުރިމަގު އެއްކޮށް މަރާލުމެވެ.

މިފަދަ ސިޙުރުތައް ޖެހުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައިވާ ޖިސްމާނީ އަދި ނަފުސާނީ ހަކަތަ ނުވަތަ ބާރު ސިޙުރާ ހަވާލުވެގެންތިބޭ ޖިންނި ޝައިޠާނުން ފޭރިގަނެއެވެ. ނަތީޖާއަކީ، އިންސާނާ މިދެއްނެވިފަދަ ބޮޑެތި ބަލިތަކަކަށް ހުށައެޅިގެން ދިއުމާއެކު ސިޙުރު ރައްދުވިފަރާތް މަރުގެ ތުންފަތްމައްޗަށް ހާޟިރުވުމާ ހަމައަށްވެސް އޭނާގެ ޢަމަލުތަކާއި، ކަންތައްތައް ގެންދިއުމެވެ. މާނައަކީ އަމިއްލައަށް މަރުވުމުގެ ވިސްނުމާހަމައަށް ވެސް އިންސާނާގެ ވިސްނުންގެންދިއުމެވެ.

ވުމާއެކު މިފަދަ ފަރާތްތަކާމެދު ރައްކާތެރިވެ ދުރުހެލިވުމަށް ނަޞޭޙަތްތެރިވަމެވެ. دعاء އަކީ ﷲ  تعالى އަޅުގަނޑުމެން އެންމެންނަށް ހެޔޮވިސްނުންދެއްވައި ސިޙުރުގެ މިފަދަ ނުބައި ޢަމަލުތަކުން ސަލާމަތްކުރައްވައި ރައްކާތެރި ކުރެއްވުމެވެ. امين

سبحانك اللهم وبحمدك نشهد أن لا إله إلا أنت نستغفرك ونتوب إليك، وآخر دعوانا أن الحمد لله ربّ العالمين

error: Content is protected !!