އަޅުގަނޑުމެންގެ ތެރެއިން ބައެއްބޭފުޅުންނަކީ ރޭގަނޑުގެ އަރާމު ނިދިން މަޙްރޫމުވެ އެކަމުގެ އުދަގޫތަކާއި ވޭންތައް ތަޙައްމަލް ކުރަންޖެހިފައިވާ ބައެކެވެ. ކިތަންމެ ވަރަކަށް ނިދަން މަސައްކަތް ކުރިކަމުގައިވިޔަސް ފަތިސްވުމުގެކުރިން ނުވަތަ އިރުއެރުމުގެކުރިން ނިދިއަންނަގޮތެއް ނުވެއެވެ. މީ އެފަދަ ބޭފުޅުންގެ ޝަކުވާތަކެވެ. މިފަދަ ފަރާތްތަކަށް ކުރެވިދާނެ ރުޤްޔާއެއް ބަޔާންކޮއްލަދޭނަމެވެ.
◇ ޒައިތޫނިތެލަށް ( އެކްސްޓްރާ ވާޖިން އޮއިލް ) މިބަޔާންކުރާ ސޫރަތްތަކާއި އާޔަތްތަށް ކިޔެވުމަށްފަހު ރޭގަނޑު ނިދުމުގެކުރިން އެއްސައިސަމުސާ ބޯލާށެވެ. ﷲ ގެ އިޛުނަފުޅާއެކު މިކަމުގެ ސަބަބުން ނިދުމަށްފަސޭހަވެގެންދާނެއެވެ.
◇ بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ ( ١) ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ (٢) ٱلرَّحۡمَٰنِ ٱلرَّحِيمِ ( ٣) مَٰلِكِ يَوۡمِ ٱلدِّينِ ( ٤ ) إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ( ٥) ٱهۡدِنَا ٱلصِّرَٰطَ ٱلۡمُسۡتَقِيمَ ( ٦ ) صِرَٰطَ ٱلَّذِينَ أَنۡعَمۡتَ عَلَيۡهِمۡ غَيۡرِ ٱلۡمَغۡضُوبِ عَلَيۡهِمۡ وَلَا ٱلضَّآلِّينَ ( ٧)
◇ ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَة وَلَا نَوۡمۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡء مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ (٢٥٥)
◇ ( بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ ) قُلۡ هُوَ ٱللَّهُ أَحَدٌ ( ١ ) ٱللَّهُ ٱلصَّمَدُ ( ٢) لَمۡ يَلِدۡ وَلَمۡ يُولَدۡ (٣) وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ (٤)
◇ ( بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ ) قُلۡ أَعُوذُ بِرَبِّ ٱلنَّاسِ ( ١ ) مَلِكِ ٱلنَّاسِ ( ٢) إِلَٰهِ ٱلنَّاسِ ( ٣) مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ ( ٤) ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ ( ٥) مِنَ ٱلۡجِنَّةِ وَٱلنَّاسِ (٦)
◇ وَجَعَلۡنَا مِنۢ بَيۡنِ أَيۡدِيهِمۡ سَدّا وَمِنۡ خَلۡفِهِمۡ سَدّا فَأَغۡشَيۡنَٰهُمۡ فَهُمۡ لَا يُبۡصِرُونَ ( ٩ )
ރުޤްޔާގެ އާޔަތްތަށް ކިޔެވުމުގައި ވަކި ޢަދަދު ތަކަކަށް އާޔަތްތައް ކިޔެވުމަކީ ކޮންމެހެން ލާޒިމް ކަމެއްނޫނެވެ. ނަމަވެސް އޮނަހިރި ގިނަ ޢަދަދު ތަކަކަށް ކިޔެވުމަކީ އޭގައި މަންފާ އިތުރުވާ ކަމެއްކަމުގައިވަނީ ތަޖުރިބާ ކުރެވިފައެވެ. އެގޮތުގެމަތިން ކޮންމެބައެއްވެސް 3 ފަހަރު، 7 ފަހަރު ނުވަތަ 11 ފަހަރުވެސް ކިޔެވިދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އޮނަހިރި ޢަދަދުތަކަށް ލޯބިކުރައްވަތެވެ.
سبحانك اللهم وبحمدك نشهد أن لا إله إلا أنت نستغفرك ونتوب إليك، وآخر دعوانا أن الحمد لله ربّ العالمين