ކުޑަކުދިން ނިންދަވަންއުޅެ ނުނިދައިގެން އުޅެންޖެހޭކަމުގެ ވާހަކައަކީ އަޅުގަޑުމެންގެ މުޖުތަމައުން ވަރަށް ގިނައިން އިވެމުންދާ އަޑެކެކެވެ. މައިން ބަފައިންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ.

އެގޮތުން ބައެއްފަހަރު އެކުދިންނަށް ދިމާވާ ސިއްޙީ ބަލިމަޑު ކަމެއްގެ ސަބަބުން ނަމަވެސް ނުނިދިގެން އުޅޭވާހަކައެވެ. އަނެއްބައިފަރު ދުވާލު މާލަހުން ނިދުމުގެ ސަބަބުންނެވެ. ނުވަތަ އެއްވެސް ސަބަބެއްނެތި ހަމަ ނުނިދަނީއެވެ.

މިފަދަ ގޮތަކަށްވިޔަސް އެކުދިންނަށް ނުނިދިގެން އުޅޭކަމުގައި ވަނީނަމަ ތިރީގައި މިބަޔާންކުރާ ފަދައިން ޢަމަލު ކުރައްވާށެވެ.

  • ކުއްޖާ ނިންދަވަން ބޭއްވުމައްފަހު ކަނާތު ކަންފަތް ކައިރީގައި މަޑުމަޑުން މިބަޔާންކުރާ އާޔަތްތައް އަޑުއިވޭ ވަރަށް ތަކުރާރުކޮށް ކިޔަވާލަންފަށާށެވެ. إِنْ شَاءَ ٱللَّٰهُ ވަރަށް އަވަހަށް ކުއްޖާއަށް ނިދިގެން ހިގައިދާނެއެވެ.

(أَزِفَتِ الْآزِفَةُ (57) لَيْسَ لَهَا مِنْ دُونِ اللَّهِ كَاشِفَةٌ (58) أَفَمِنْ هَذَا الْحَدِيثِ تَعْجَبُونَ (59) وَتَضْحَكُونَ وَلَا تَبْكُونَ (60) وَأَنْتُمْ سَامِدُونَ (61) فَاسْجُدُوا لِلَّهِ وَاعْبُدُوا (62)) {سورة النجم}

ނޯޓް:

އިތުރު ކަމެއްގެގޮތުން ބައިތަށި ފެނަށް މިއާޔަތްތައް 7 ފަހަރު ނުވަތަ އޮނަހިރި ގިނަ ޢަދަދަކަށް ކިޔަވާލުމަށްފަހު ކުއްޖާގެ މޫނުގައާއި ދެއަތްތިލަ އަދި ދެފައިތިލައިގަ އުގުޅާލާށެވެ. އެއަށްފަހު ކުރިންބަޔާންކުރި ފަދައިން އަޑުއިވޭ ވަރަށް ކަނާތު ކަންފަތް ކައިރީގައި ކިޔަވާލާށެވެ. މި ޢަމަލުގެ ސަބަބުން ﷲ تعالى ގެ ހެޔޮ ރަޙްމަތާއެކު ކުއްޖާއަށް ފަސޭހައިން ނިދިގެން ހިގައިދާނެއެވެ.

error: Content is protected !!