بسم الله الرحمن الرحيم، الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين
ދަންނާށެވެ! ގިލަންވެރިކަން އޭގެ އެންމެހައި މާނައެއްގަ އިންސާނާ ތަޙައްމަލުކުރަން ޖެހިދިއުމުގެ ކުރިންނާއި، ފަހުން ސަލާމަތާއި، ރައްކައުތެރިކަން ހޯދުންވާ މަގުތައް ބުނަމެވެ.
ފުރަތަމައީ : ތަޥްޙީދު ފުރިހަމަކޮށް ޢަޤީދާ ވަރުގަދަ ކުރުން.
އެގޮތުން ތަޥްޙީދުގެ ތިންބައި އުނގެނި، ދަސްކޮށް މައުޖޫދުވީހާ ހުރިހާ ތަކެއްޗެއް ޚަލްޤްކުރެއްވި އަރަހުށި ﷲ މަޢުރިފާކޮށް ދެނެގަތުމެވެ.
- توحيد الرباعية : ﷲ تعالى ކުރައްވާ އެންމެހައި ކަމެއްގައި އެކަލާނގެ އެއްކައުވަންތަކޮށް އެއިން އެއްވެސް ކަމެއްގައި އެކަލާނގެއާ އެއްވެސް ފަރާތެއް ޝަރީކުނުކުރުން. (މިސާލު : ޚަލްޤްކުރެއްވުމާއި، ރިޒުޤްދެއްވުންމާއި، މަރުގެންނެވުމާއި، ދިރުއްވުންފަދަ ކަންތައްތަކެވެ.)
- توحيد الألوهية : އެންމެހައި އަޅުކަމެއްގައި ﷲ تعالى އެއްކައުވަންތަކޮށް އެ ކަލާނގެޔަށް އަޅުކަންތައް ޚާލިސްކޮށް އެއްވެސް އަޅުކަމެއްގައި އެ ކަލާނގެއާ އެހެންފަރާތެއް ޝަރީކުނުކުރުން.
- توحيد الأسماء والصفات : ﷲ تعالى ގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ތައްޥީލު ކުރުމަކާއި ވައްތަރު ކުރުމަކާނުލައި އެ ކަލާނގެ ޒާތުފުޅަށް ސާބިތުކުރުން.
ދެވަނައީ : ޤްރުއާނާއި، ސުންނަތުގައި ގަދަޔަށް ހިފެހެއްޓުން.
ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ. وَأَنَّ هَٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ ﴿153﴾ މާނައީ : “އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ، ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ.” الأنعام
ތިންވަނައީ : ﷲ تعالى އަށް ތަޤްވާވެރިވެ އެ ކަލާނގެޔަށް ބޯލަބައި ކިޔަމަންވުން.
ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ. وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا ﴿2﴾ މާނައީ : “އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.” الطلاق
ހަތަރުވަނައީ : އެންމެހައި ކަންތައްތަކެއްގައި ﷲ تعالى އަށް ބަރޯސާވެ، އެ ކަލާނގެޔަށް ވަކީލުކުރުން.
ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ. وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ﴿3﴾ މާނައީ : “އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.” الطلاق
ފަސްވަނައީ : ﷲ تعالى އަށް ޙައްޤްގޮތުގައި ކުއްތަންވެ، އެ ކަލާނގެޔަށް އިޚްލާޞްތެރިކަމާއި އެކު ތަޥްބާވެ، އެންމެހައި ފާޚިޝް ކަންތައްތަކާ މުންކަރާތްތަކުން ދުރުހެލިވުން އަދި އަނިޔާވެރިކަމުގެ އެންމެހައި ޢަމަލުތަކުން ދުރުވެގަތުން.
ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ. وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ﴿30﴾ މާނައީ : “ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ.” الشورى
ހަވަނައީ : ﷲ سبحانه وتعالى ގެ މަތިން ހަނދުމަކުރުން.
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: كُنْت خَلْفَ رَسُولِ اللَّهِ صلى الله عليه و سلم يَوْمًا، فَقَالَ: يَا غُلَامِ! إنِّي أُعَلِّمُك كَلِمَاتٍ: احْفَظْ اللَّهَ يَحْفَظْك، احْفَظْ اللَّهَ تَجِدْهُ تُجَاهَك، إذَا سَأَلْت فَاسْأَلْ اللَّهَ، وَإِذَا اسْتَعَنْت فَاسْتَعِنْ بِاَللَّهِ، وَاعْلَمْ أَنَّ الْأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوك بِشَيْءٍ لَمْ يَنْفَعُوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَك، وَإِنْ اجْتَمَعُوا عَلَى أَنْ يَضُرُّوك بِشَيْءٍ لَمْ يَضُرُّوك إلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْك؛ رُفِعَتْ الْأَقْلَامُ، وَجَفَّتْ الصُّحُفُ . މާނައީ : عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ގެ ކިބައިން ރިކުރެއްވިއެވެ. އެއް ދުވަހަކު رَسُولِ اللَّهِ صلى الله عليه و سلم ގެ ފަހަތްޕުޅުގައި ތިމަން ހުންނެވީމެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. “އޭ ކުއްޖާއެވެ! ހަމަކަށަވަރުން ތިމަން ނަބިއްޔާ ތިބާޔަށް ކަލިމަތަކެއް އުގަންނަވައި ދެއްވާނަމެވެ. ތިބާ ﷲ تعالى (އެބަހީ: އެ އިލާހުގެ ދީނަށް، އަމުރުފުޅުތައް ރައްކާކުރުން އަދި އެ އިލާހު ނަހީކުރެއްވި ކަންތައްތަކުން ދުރުވެގަތުން) ރައްކާކުރާށެވެ. އޭރުން ﷲ تعالى ތިބާ ރައްކާތެރިކޮށް ދެއްވާނެއެވެ. ތިބާ ﷲ تعالى (އެބަހީ: އެ އިލާހުގެ ދީނަށް، އަމުރުފުޅުތައް ރައްކާކުރުން އަދި އެ އިލާހު ނަހީކުރެއްވި ކަންތައްތަކުން ދުރުވެގަތުން) ރައްކާކުރާށެވެ. އޭރުން ތިބާޔަށް އެ ކަލާނގެ ތިބާގެ ކުރިމަތީގައި ފެންނާނެއެވެ. (އެބަހީ: އެ އިލާހުގެ ނަޞްރު، ވާގިފުޅު އަދި އެ އިލާހުގެ ތައުފީޤް، ޙިދާޔަތް ލިބުން). ތިބާ ކަމަކަށް އެދޭނަމަ ﷲ تعالى ގެ ޙަޟްރަތުން އެދި ދަންނަވާށެވެ. އަދި ވާތްގަށް އެދޭނަމަ ﷲ تعالى ގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. އަދި ދަންނާށެވެ! ހަމަކަށަވަރުން މުޅި އުންމަތް އެއްކޮށް ތިބާޔަށް މަންފާއެއް ޙާޞިލްކޮށްދޭން އުޅުނަސް ﷲ تعالى ތިބާޔަށް ލިޔުއްވި ކަމަކުންމެނުވީ މަންފާއެއް ޙާޞިލްކޮށްނުދެވޭނެއެވެ. އަދި މުޅި އުންމަތް އެއްކޮށް ތިބާޔަށް ގެއްލުމެއް ދިނުމަށް އުޅުނަސް ﷲ تعالى ތިބާގެ މައްޗަށް ލިޔުއްވާފައިވާ ގެއްލުމެއް ނޫނީ ނުދެވޭނެއެވެ. ގަލަންތައް އުފުލިއްޖެއެވެ. އަދި (ލިޔެވުން) ފަތްތައް ހިކިއްޖެއެވެ. (އެބަހީ: އެންމެހައި ކަމެއްވަނީ ލިޔެވި ނިމިފައެވެ. އަދި އެ އިލާހުގެ ނިޔާފުޅާއެކު އެކަންކަން ހިނގާނެއެވެ.)“ رَوَاهُ التِّرْمِذِيُّ [رقم:2516] وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ.
وَفِي رِوَايَةِ غَيْرِ التِّرْمِذِيِّ: “احْفَظْ اللَّهَ تَجِدْهُ أمامك، تَعَرَّفْ إلَى اللَّهِ فِي الرَّخَاءِ يَعْرِفُك فِي الشِّدَّةِ، وَاعْلَمْ أَنَّ مَا أَخْطَأَك لَمْ يَكُنْ لِيُصِيبَك، وَمَا أَصَابَك لَمْ يَكُنْ لِيُخْطِئَك، وَاعْلَمْ أَنَّ النَّصْرَ مَعَ الصَّبْرِ، وَأَنْ الْفَرَجَ مَعَ الْكَرْبِ، وَأَنَّ مَعَ الْعُسْرِ يُسْرً” އަދި التِّرْمِذِيِّ ނޫން ރިވާޔަތެއްގައިވެއެވެ. މާނައީ : “ﷲ تعالى ގެ ކިބައަށް ތިބާ (އެބަހީ: އެ އިލާހުގެ ދީނަށް، އަމުރުފުޅުތައް ރައްކާކުރުން އަދި އެ އިލާހު ނަހީކުރެއްވި ކަންތައްތަކުން ދުރުވެގަތުން) ރައްކައުތެރިވާށެވެ. އޭރުން ތިބާގެ ކުރިމަތީގައި އެ އިލާހު ވޮޑިގެންވާނެއެވެ. (އެބަހީ: އެ އިލާހުގެ ނަޞްރު، ވާގިފުޅު އަދި އެ އިލާހުގެ ތައުފީޤް، ޙިދާޔަތް ލިބުން). އަދި ފާގަތިކަމުގެ ޙާލުގައި ﷲ تعالى ދެނެގަންނާށެވެ. (އެބަހީ: ﷲ تعالى ހަނދުމަކޮށް އެ އިލާހު އެންގެވި ގޮތަށް އުޅޭށެވެ.). އޭރުން އުނދަގޫކަމުގެ ޙާލަތުގައި އެ އިލާހު ތިބާ ދެނެވޮޑިގެންވާނެއެވެ. (އެބަހީ: ތިބާގެ ކަންކަން ފަސޭހަކޮށްދެއްވާނެއެވެ.). އަދި ދަންނާށެވެ. ހަމަކަށަވަރުން ތިބާއަށް ކުރިމަތި ނުވިކަމަކީ ތިބާއަޔަށް ކުރިމަތިވާން ނެތް ކަމެކެވެ. އަދި ތިބާޔަށް ކުރިމަތިވި ކަމަކީ ތިބާޔަށް ކުރިމަތި ނުވެ ނުދާނެ ކަމެކެވެ. އަދި ދަންނާށެވެ. ހަމަކަށަވަރުން ކެތްތެރިކަމާއެކު ނަޞްރުވެއެވެ. އަދި ދަތިކަމާއެކު ލުއިކަންވެއެވެ. އަދި އުންދަގޫކަމާއެކު ފަސޭހަކަންވެއެވެ.”
ހަތްވަނައީ : ހެޔޮވެގެންވާ ޢަމަލުކުރުމާއި، އެ ޢަމަލުތައް މެދުވެރިކޮށް ﷲ تعالى ގެ މަދަދަށް އެދުން.
عَنِ ابْنِ عُمَرَ رضى الله عنهما ގެ ކިބައިން صحيح البخاري ގައި ރިވާވެގެންވާ ވާރޭއިން ސަލާމަތްވުމަށް ހޮހަޅައަކަށް ވަތް ތިން މީހުންގެ ޙާދީޘް އަކީ ހޮޔޮ ޢަމަލުތަކުގެ މަތިވެރިކަން އަންގައިދޭ އަދި ހެޔޮ ޢަމަލުތައް މެދުވެރިކޮށް ﷲ تعالى ގެ މަދަދަށް އެދެވިދާނެކަމުގެ ދަލީލެކެވެ. މި ރިވާޔަތުގައި ބޮޑު ހިލަގަނޑެއް ވެއްޓި ހޮހަޅައިގެ ދޮރު ބަންދުވުމުން އެ ތިން މީހުން ﷲ تعالى ގެ ޙަޟްރަތުން މަދަދަށް އެދުމަށް އެބައިމީހުން ކޮށްފައިވާ ހެޔޮ ޢަމަލުތައް ބަޔާންކޮށް މި ފަދައިން ބުނަމުން ދިޔައެވެ. “اللَّهُمَّ إِنْ كُنْتَ تَعْلَمُ أَنِّي فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ عَنَّا فُرْجَةً نَرَى مِنْهَا” މާނައީ : “ހައްދަވާ ގެންގުޅުއްވާ އިލާހުއެވެ. އަހުރެންގެ މި ޢަމަލަކީ އިބަ އިލާހުގެ ވަޖުހުފުޅަށްޓަކައި ކޮށްފައިވާ ޢަމަލެއްނަމަ މި ހިލަގަނޑު ދުރުކޮށް ދެއްވާންދޭ!”
އަށްވަނައީ : ފަރުޟް ނަމާދުތަކަށް ރައްކާތެރިވެ ޤާއިމުކުރުން އަދި ޙާޞަކޮށް މެދު ނަމާދަށް ރައްކާތެރިވުން.
ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ. حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَىٰ وَقُومُوا لِلَّهِ قَانِتِينَ ﴿238﴾ މާނައީ : “ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ!” البقرة
ނުވަވަނައީ : ގޯތިގެދޮރު އެންމެހައި ތަޞްވީރު އަދި ބުދުފަދަ ތަކެތިން ޠާހިރުކުރުން.
މިއީ ވަރަށްވެސް މުހިއްމު ކަމެކެވެ. އެހެނީ، އެ ތަނެއްގައި ތަޞްވީރު އަދި ބުދުފަދަ ތަކެތި ބެހެއްޓިފައި ހުންނަ ތަންތަނަށް މަލާއިކަތުން ނުވަންނާނެތީ އެވެ. އެތަނަކަށް މަލާއިކަތުން ނުވަންނަ ތަންތަނީ ޝައިތާނާ (ނުބައި ވެގެންވީ ޖިންނީން) ފާވެ ދިރިއުޅުމަށްވާ ހާލިތަކެވެ.
عَنْ أَبِي هُرَيْرَةَ ގެ ފަރާތުން صحيح مسلم ގައި ރިވާވެގެން ވެއެވެ. قَالَ رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ لاَ تَدْخُلُ الْمَلاَئِكَةُ بَيْتًا فِيهِ تَمَاثِيلُ أَوْ تَصَاوِيرُ ”. މާނައީ : “ތަޞްވީރު އަދި ބުދުފަދަ ތަކެތި ބެހެއްޓިފައިހުންނަ ގޭގެޔަށް މަލާއިކަތުން ނުވަންނާނެތެވެ”.
ދިހަވަނައީ : ކީރިތި ޤްރުއާނުގެ ބައެއް ސޫރަތްތަކާއި، އާޔަތްތައް އަދި ޞައްޙަވެގެންވާ ޛިކުރުތައް ވިރުދެއްފަދައިން ކިޔެވުމަށް އާދަކޮށް އަށަގެންނެވުން.
ވިރުދެއްފަދައިން ޛިކުރުކުރުމީ ނަފުސު ނުބައިވެގެންވީ ކަންކަމުން ރައްކައުތެރިކުރުމަށް ނުހަނު އަސަރު ބޮޑު ޢަމަލެކެވެ.
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. فَلَوْلَا أَنَّهُ كَانَ مِنَ الْمُسَبِّحِينَ ﴿143﴾ لَلَبِثَ فِي بَطْنِهِ إِلَىٰ يَوْمِ يُبْعَثُونَ ﴿144﴾ މާނައީ : “ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ. ﴿143﴾ ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ.” ﴿144﴾ الصافات
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. وَمَن يَعْشُ عَن ذِكْرِ الرَّحْمَٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ ﴿36﴾ މާނައީ : “رحمن ވަންތަ ރަސްކަލާނގެ ހަނދުމަކުރުމަށް ކަނުވެގަންނަ މީހާއަށް ތިމަންރަސްކަލާނގެ شيطان އެއް ފާކުރައްވާހުށީމެވެ. ފަހެ، شيطان އާ އޭނާޔާ ވަކިނުވެ، އެކުގައި އުޅޭނެތެވެ.” الزخرف
ﷲ سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا ﴿124﴾ މާނައީ : “އަދި ތިމަންރަސްކަލާނގެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ.” طه
سبحانك اللهم وبحمدك نشهد أن لا إله إلا أنت نستغفرك ونتوب إليك، وآخر دعوانا أن الحمد لله ربّ العالمين
– لسماحة الشيخ ابن باز رحمه الله ގެ حكم السحر والكهانة وما يتعلق بها ފޮތުން ނެގިފައި –